މި ޒަމާނާ ގުޅޭ އެންމެ ފަހުގެ ހަތިޔާރު ތަރައްގީކޮށް އުފެއްދުމަށް އިންޑިއާއާއި ސައޫދީ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތަކާއި އަދި ދިފާއީ ދާއިރާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ދިރާސާކުރާ ބައެއް ތިންކް ޓޭންކްތަކުން ބުނާ ގޮތުގައި މިއީ މި ދެ ގައުމުން ވެސް ޒަމާނީ އަސްކަރީ ގާބިލްކަން ހޯދުމަށް ކުރަމުންދާ ފުޅާ މަސައްކަތުގެ ބައެކެވެ. އެގޮތުން ދެ ގައުމަށް އާޓިފިޝަލް އިންޓެލިޖެންސް އާއި އިންސާނަކާ ނުލައި އުދުހޭ މަތިންދާ ބޯޓުތަކުގެ ޓެކްނޮލޮޖީ އާއި ސައިބަރ ސެކިއުރިޓީ ގާބިލްކަމުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް އެއް ގައުމު އަނެއް ގައުމާއި ހިއްސާކުރާނެކަމަށް ވެއެވެ.
އިންޑިއާ އާއި ސައޫދީއިން ވެސް ދަނީ އަމިއްލަ ގައުމުގައި ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. އިންޑިއާއަކީ މިހާރު ވެސް ހަތިޔާރު އުފެއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމަކަށްވާއިރު، ސައޫދީ ޢަރަބިއްޔާ އަކީ އެންމެ ގިނައިން ހަތިޔާރު ގަނެ އެތެރެކުރާ އެއް ގައުމެވެ. ދެ ގައުމުން ކުރަމުންދާ މަސައްކަތުގައި ކަނޑުގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ދެ ގައުމުން ވެސް ކުރަމުންދާ މަސައްކަތުގައި އެއް ގައުމު އަނެއް ގައުމަށް އެހީވާނެކަމަށް ބެލެވެއެވެ. ފަހަކަށް އައިސް އިންޑިއާއިން ވަނީ ކަނޑުގެ އަސްކަރީ ގާބިލްކަން ހޯދުމުގައި ވެސް އެންމެ ކުރީ ސަފަށް ނިކުމެފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި