ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ދަށަށް ގޮސްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން މިރޭ ބުނީ އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ވައި ނުސާފުވެ، އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް ތިން ކިލޯ މީޓަރު ދަށްވެފައިވާ ކަމަށެވެ.
މިހާލަތު ކުރިޔަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށްވެސް ފެތުރިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެއެވެ.
މެޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޅުދުއްފުށި ސިޓީއާ ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު ދުރުގައި އޮންނަ ކޭލަކުނު ފެނުނު ގޮތާއި މިހާރު ފެންނަ ގޮތުގެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ކޭލަކުނު މިހާރު ފެންނަނީ ވަރަށް ބޮޑަށް ފުސް ކޮށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން