ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ވަނީ މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި ވައިޑް-ބޮޑީ އެއާކްރާފްޓެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ބޯޓު ރާއްޖެ ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކެބިނެޓު ބައެއް މިނިސްޓަރުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި މަތިންދާ ބޯޓު ރާއްޖެ ގެނެސްފައި ވަނީ ސިންގަޕޫރު މަގުންނެވެ. މި ބޯޓު ރާއްޖެ ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ހާއްސަ އެއާ ޝޯއެއް ވެސް ވަނީ ބާއްވައިފައެވެ.
ޖުމްލަ 264 ގޮނޑި ހިމެނޭ މި ބޯޓުގައި ތިން ކުލާހެއް ހިމެނެއެވެ. އެއީ 18 ގޮނޑީގެ ބިޒްނަސް ކުލާހާއި 36 ގޮނޑީގެ ފްރިމިއަމް އިކޮނޮމީ ކުލާހުގެ އިތުރުން 210 ގޮނޑީގެ އިކޮނޮމީ ކުލާހެވެ.
ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް