އަވައްޓެރި އިންޑިއާ އާއެކު ރާއްޖޭގެ ރަށްތަކުގައި މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި މިވަނީ ފޮރިން މިނިސްޓަރު ހަލީލް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު މިއަދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރާއި ބައްދަލުކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން އިސްކަންދެއްވާ ދާއިރާތަކާއި، ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވި ކަމަށެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައި ވަނީ، އެ ބައްދަލުވުމުގެ ތެރެއިންނެވެ. ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން ރާއްޖޭގައި މިހާތަނަށް ގިނަ މަޝްރޫއުތަކެއް ފުރިހަމަކޮށްފައިވެއެވެ. މިފަހަރު ވެސް ސޮއި ކޮށްފައި މިވަނީ އެޗްއައިސީޑީޕީގެ މަޝްރޫއުތަކެއްގައެވެ.
މިއީ ސީދާ ރައްޔިތުންނަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތަކުގެ ސަބަބުން ސީދާ ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެން ދާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ