ފޮރިން މިނިސްޓަރު ހަލީލް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު ހަލީލް އިންޑިއާ އަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިއަދު ޖައިޝަންކަރާއި ވަނީ ބައްދަލުކުރައްވައިފައެވެ.
ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ބައްދަލުކުރެއްވުމުގައި ދެގައުމު ގުޅިގެން ކުރިޔަށް ގެންދެވޭނެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސަރުކާރު ވެރިކަމަށް އައިތާ ފުރަތަމަ ދުވަސްކޮޅު އިންޑިއާ އާއެކު އޮތް ގުޅުން ގޯސްވެފައިވީ ނަމަވެސް މިހާރު ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ