ގޫގަލް މެޕްސްއިން، ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހުންނަ ޔޫރަޕްގެ ގައުމުތަކުގެ އެމްބަސީތައްކަމަށް ބުނެ ދޮގު މައުލޫމާތާއި، ނުބައި ފޯން ނަމްބަރުތައް ފެނުން އިތުރު ވަމުންދާތީ ޔޫރަޕިއަން ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިސްލާމްއާބާދުގައި ހުންނަ އީޔޫ މިޝަންއިން ބުނީ އީޔޫގެ މެމްބަރު ގައުމުތަކުގެ އެމްބަސީތަކުގެ ފޯނު ނަމްބަރުތައް ކަމަށްބުނާ ނުބައި ނަމްބަރުތަކެއް ގޫގަލް މެޕްއަށް އެންޓަރކޮށް، ފޭކް އެންޓްރީތައް ހަދަމުންދަނީ ސްކޭމަރުން ކަމަށާއި، އެނަމްބަރުތަކަށް ގުޅާ މީހުންނަށް އޮޅުވާލައިގެން ފައިސާއާއި މައުލޫމާތު ހޯދުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިމައްސަލަތައް ތަހުގީގުކޮށްދިނުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށާއި، ގޫގަލްގެ ކިބައިން އީޔޫ އިން ވަނީ އެދިފައެވެ.
ވިސާ އަދި ކޮންސިއުލަރ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ސީދާ އެމްބަސީތަކުގެ ވެބްސައިޓްތަކަށް ވަދެގެން ހޯދުމަށާއި، އާއްމުކޮށް ހުންނަ ޑިރެކްޓްރީތަކާއި ގޫގަލް މެޕްސްއިން ހޯދާ މައުލޫމާތުން ފެންނަ ނަމްބަރުތަކަށް ނުގުޅުމަށްވެސް އީޔޫ އިން އިލްތިމާސްކޮށްފައެވެ.
ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ގޯސްވުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެދޭ ޕާކިސްތާނުގެ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މިއީ އެފަދަ މީހުންނަށް އޮޅުވާލައިގެން އެމީހުންނަށް ވަޒީފާއާއި އެހެނިހެން މަންފާތައް ހޯދައިދޭނެކަމަށް ބުނެ އެމީހުންގެ އަތުން ފައިސާ ހޯދަން ސްކޭމަރުންނަށް ލިބޭ ފުރުސަތެކެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ