ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަށް ރާއްޖެ އައިސްފައި ވަނީ އޮސްޓްރިއާގެ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ އާއި ދެ ދަރިންނާއެކުގައެވެ.
އެ އާއިލާ އަށް ރާއްޖެ އިން ހާއްސަ ޕެކޭޖުތަކެއް ވަނީ ދީފައެވެ. އެގޮތުން ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ހުރުން ވަނީ ދީފައެވެ. މީގެއިތުރުން އެމްއެމްޕީއާރުސީ އާއި ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް އިން ވެސް ހާއްސަ ހަދިޔާއެއް ވަނީ ދީފައެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އަދި އެއާޕޯޓުގެ އެމްޑީ އިބްރާހީމް ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައި ސަރުކާރުން އެކަމަށް ގިނަ މަސައްކަތްތަކެއްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެއެވެ.
މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 1،747،370 ފަތުރުވެރިންނެވެ. މިދިޔަ އަހަރަށް ސަރުކާރުން އަމާޒު ކަނޑައެޅީ 1.5 މިލިއަން ފަތުރުވެރިންނަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ