ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީ ހިންގެވި ޑރ. އަލީ ހައިދަރު އަހްމަދު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.
ހައުސިން އާއި އިންފްރާސްޓްރަކްޗާ އެއްކޮށްލައި އެ މިނިސްޓްރީއަށް މިހާރު ދީފައިވާ ނަމަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއެވެ. އެތަނުގެ މިނިސްޓަރަކީ ކުރިން ވެސް އެ މިނިސްޓްރީގައި ހުންނެވި ޑރ. އަބްދުﷲ މުއްތޮލިބެވެ.
ހައުސިން މިނިސްޓަރަކަށް ހުންނެވި ހައިދަރު ހަޔާ އެޑިއުކޭޝަނަނަށް ބަދަލު ކުރެއްވުމަށްފަހު، ޑރ. މާރިޔަމް މާރިޔާ ބަދަލުކުރެއްވީ އެގްރިކަޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރަކަށެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ދަށަށް ޕްލޭނިންގެ މަސައްކަތްތައް ވަނީ ބަދަލުކޮށްފައެވެ. އެއާ އެކު އެ މިނިސްޓްރީއަށް މިހާ ކިޔާނީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީއެވެ.
މިއީ ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނެވި ދެ ވަނަ ފަހަރެވެ.
އެގޮތުން ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުން، ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސްއަށް ބަދަލު ކުރެއްވިއެވެ. އަދި ހެލްތު މިނިސްޓަރަކަށް ހުންނެވި ޑރ. ހަލީލު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށް، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ނާޒިމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ