ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލާގައި ޝާމިލުވާ ފަރާތްތަކަށް ދައުވާ ކުރަން މަޝްވަރާތައް ފަށައިފިއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވަނީ ތަހުގީގީ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެފައެވެ.
އެކަމާއި ގުޅިގެން އޭސީސީން މިރޭ ބުނީ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް، މި މައްސަލައިގައި ދައުވާކޮށްދިނުމާ މެދު ގޮތެއް ނިންމަން، ޕީޖީ އޮފީހާއެކު، ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ.
އާންމު މަސްލަހަތު ބޮޑު މި މައްސަލައިގެ، ޑިއުޓި ޕްރޮސެކިއުޝަންގެ މަރުހަލާ ނިންމައި، ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށް އޭސީސީން ބުނެ އެވެ.
އެ މައްސަލާގައި ޝާމިލުވާ 20 ފަރާތެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ. އޭގެތެރޭގައި މި މައްސަލައާ ގުޅިގެން މިހާރު ސަސްޕެންޑު ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލްގެ ފޯނު ވެސް ހިމެނެއެވެ.
އެ މައްސަލާގައި ފަޒީލްގެ މައްޗަށް ފުލުހުން ކުރަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ތުހުމަތެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ