ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން، 20 މީހެއްގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފިއެވެ.
ފުލުހުން މިރޭ އެންމެ ފުރަތަމަ ބުނީ ކޯޓު އަމުރެއްގެ ދަށުން މި މައްސަލައާ ގުޅިގެން މިހާރު ސަސްޕެންޑު ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލްގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.
ނަމަވެސް އޭގެފަހުން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕާސްޕޯޓު ހިފަހައްޓާފައިވާ 20 މީހުންގެ އިލެކްޓްރޯނިކް ސާމާނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.
އެ 20 މީހުންގެ ތެރޭގައި އިއްޔެ ސަސްޕެންޝަން އުވާލި އެޗްޑީސީ ބޯޑު މެންބަރުންނާއި މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ އެޗްޑީސީގެ ކުރީގެ އެމްޑީ އަދި ފަޒީލްގެ ކޮއްކޮ އިބްރާހީމް ފަޒުލް ރަޝީދު ވެސް ހިމެނެއެވެ.
އެ މައްސަލާގައި ފަޒީލްގެ މައްޗަށް ފުލުހުން ކުރަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ތުހުމަތެވެ. ފަޒީލްގެ ފޯނު ހިފެހެއްޓިއިރު އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ