ރާއްޖޭން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު މަހާއި މަޑުމަސް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސް އިން 582 ކިލޯގެ މިޔަރު އަދި މަޑިމަސް ހިފަހައްޓާފައިވާ ކަމަށެވެ.
އެ އިދާރާ އިން ބުނީ އެ ތަކެތި މިމަހުގެ 22ވަނަ ދުވަހު ނައްތާލާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ މިޔަރު މަހާއި މަޑުމަސް ރާއްޖޭން ބޭރު ކުރަން އުޅުނީ ކޮން ކުންފުންޏަކުން ކަމެއް ނޭނގެއެވެ.
މީގެކުރިން ވެސް މިޔަރު އުރަހަތަކެއް ބޭރު ކުރަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ. އެއީ 2021ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު އެކަން ކުރަން އުޅުނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަސް އެކްސްޕޯޓު ކުރާ އެންސިސް ކުންފުނީގެ ފޮށިތަކެއް ބޭނުން ކޮށްގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ