އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން އެ މަގާމު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ.
އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން އަންގާފައިވަނީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި އަދި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއެކު, ބަދަލުގެ ގޮތުގައި 56،000ރ. ދިނުމަށެވެ.
އެ މައްސަލަ އައިލެންޑް އޭވިއޭޝަންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ބަލައި ގޮތެއް ނިމެންދެން ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން އަންގާ ކަމަށެވެ.
ޖެނިފާއަށް ޑީއެމްޑީގެ މަގާމު އަނބުރާ ދޭން އެންގިއިރު, މިއީ ދައުލަތުގެ ކުންފުންޏަކުން ވަކިކުރި އިސް ބޭފުޅަކަށް މަގާމު ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެންގި ފުރަތަމަ ފަހަރެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު