ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިދިކޮޅު އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކައަށް އޭނާ މައާފަށް އެދިއްޖެއެވެ.
ރޭ ޕީއެންސީން ބޭއްވި އެޕާޓީގެ ހަރުގޭގެ ޖަލްސާއެއްގައި ނިހާދު ވާހަކަފުޅުދެއްކެވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ތުހުމަތު ކުރެއްވިއެވެ.
ނިހާދު ދެއްކެވި އެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ޕީއެންސީގެ އިތުރުން ނިހާދަށްވެސް ކުރިމަތިވިއެވެ. އަދި ސަރުކާރުން ވަނީ ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ސަސްޕެންޑުވެސް ކުރައްވަވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިހާދު ވަނީ އޭނާ ދެއްކެވި ވާހަކައެއް ދެއްކެވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ދިފާއުގައި ކަމަށެވެ. އެ ސިނާއަތަކީ މުޅި ގައުމު އެ ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައި އޮތް ސިނާއަތެއް ކަމަށް ވިދާޅުވިއެވެ.
އޭނާގެ ޕޯސްޓުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލަނީ ކަމަށް ބުނެ، އެމްޑީޕީން ދެއްކި ވާހަކަތަކުން ގައުމަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަކަން ފާހަގަކުރެއްވިއެވެ.
"އެވާހަކަ [ރޭގެ ޖަލްސާގައި ދެކެވުނު ވާހަކަ] ގެނެސްދިނުމުގައި ބަހުރުވައިން ނުބައި މާނައެއް ނެގިފައިވާ ނަމަ، އެކަމަށް މައާފަށް އެދެން،" ނިހާދު ވިދާޅުވިއެވެ.
ނިހާދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް އެމްޑީޕީން ބަޔާނެއް ނެރުނުއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް، ޕީއެންސީން ވެސް ވަނީ ގޮވާލައިފައެވެ.
ތިމާ އެވަގުތު ހުރީ ހަމަ ހެޔަކު ނޫން ކަމަށް ބުނިނަމަ މާ ތާހިރުވީހެވެ. އަދިވެސް ތިޔަ އުޅެނީ އާންމުކޮށް ހަދާ ދޮގުތަށް ދިފާއި ކުރާށެވެ. ދުލުން ތެދެއް ހަދަން ދުވަހަކުވެސް އެގުނު ހެއްޔެވެ؟ ކެދި ސޯބު އެބުރޭނީ މައި ސޯބު އެބުރޭ ގޮތަށެވެ.
އަލިބެ ހުޅުމާލެމަޢާފުދޭކަށްނުޖެހޭ ޕޮލިހުންމައްސަލަބަލާ ދަޢުވާކުރޭ
އިއްބެއިއްބެނިހާދަކީ އަަބަދުވެސް އެއިރަކުހުންނަ ވެރިޔެއްގެ ފަހަތްޕުޅުގަ އި ބައްކުރަން އުޅޭ މަކަރުވެރިއެއް އެން ޑީ ޕީ ގައި ހުރިއިރު އެންމެ ފަހުވަގުތާހަމަޔަށްވެސް މިހާރުގެ ރައީސް ގެ އަބުރުފުޅަށް ހުތުރުވާނެހައި ވާހަކައެއް އައީ ގޮވަމުން.
ދޮންކެޔޮތާކުންތާކުން ނުޖެހޭ ބިރުވެރި ވާހަތައް ދައްކާގެން ރައްޔިތުންގެ ތެރޭގަ ފިތުނަ ފަސާދަ އުފެދޭ ކަހަލަ ދޮގުވާހަކަތައް ފަތުރާފަދެން މާފައް މިއެދެނީ އެކަހަލަ ފޮގުވާހަކަ ފަރުރަނީ ކޮންމެވެސް ކަހަލަ މަންފާ އެއްހޯދުމައް އެފަދަ މީހުން މަގާމުތަކުގާ ބަހައްޓަންވެސް ހެޔނުވާނެ
މަގޭ