ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަގާމުން ސަސްޕެންޑު ކުރައްވައިފިއެވެ.
ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވަނީ އިދިކޮޅު އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު "ހަތާވީސް"އަށް ވަނީ، ނިހާދު މަގާމުން ސަސްޕެންޑު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނިހާދު ސަސްޕެންޑު ކުރެއްވީ އެ ވާހަކަތައް ދައްކަވައިގެން ކަމެއް ހީނާ ވިދާޅެއްނުވެއެވެ.
ނިހާދު ރޭ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީން ވަނީ ބަޔާނެއް ނެރެ، އެކަމާއި ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.
ނިހާދަކީ 19ވަނަ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރެވެ. އަދި އޭނާ ކުރިން ހުންނެވީ އެމްޑީޕީގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ސަސްޕެންޑު ކުރުމުން ހާސްވާނެ ކަމެއް ނެތް. ހަގަޑިއިރުތެރޭގައި އުވާލާނެ.
އަހްމަދު