ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަރުކޮޅުފުށީގައި ހިންގާ ޕްރޮޖެކްޓް އޮފީހުން ވަގަނަށް ނެގި ފަސް ލެޕްޓޮޕް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި އެ ލެޕްޓޮޕްތައް ވަގަށް ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވޭ މީހާ ފުލުހުން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ.
އެޗްޑީސީން ވަގަށް ނެގި ލެޕްޓޮޕްތަކެއް ފުލުހުން ހޯދާފައި މި ވަނީ އެ ކުންފުނި މެދުވެރިކޮށް، ހުޅުމާލެ ދެ ވަނަ ފިޔަވަހިން "ވަގަށް ގޯތި" ހޯދަން އުޅެނިކޮށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އިބްރާހިމް ފަޒުލް ރަޝީދު ހުންނަވަނިކޮށް، އޭނާގެ ބޭބެ، ފަޒީލް ރަޝީދު ވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ހުށަހަޅައިގެން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ބުނެ، ލިޔުންތަކެއް އެޗްޑީސީއަށް ހުށަހަޅާފައެވެ. އެ މައްސަލަ އެޗްޑީސީއަށް ފާހަގަވީ މި އަހަރުގެ ޖޫން މަހުގައި ކަމަށް ފަޒުލް ވިދާޅުވިއިރު، އެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނުވެއެވެ. އެ މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ފެންމަތިވުމުން މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.
ގޯތި ވައްކަމުގެ މައްސަލަ ހޫނުވެ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފައެވެ. އަދި އެޗްޑީސީ ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.
އޮޅުވާލައިގެން ލިޔުންތަކެއް ހުށަހަޅަން އުޅުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ، ފަޒީލް ވަނީ އެމްޑަބްލިއުއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސަސްޕެންޑްކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ