ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ހޯދި މައްސަލައާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާ ގާތް ގުޅުމެއް އޮންނަ އެކުންފުނީގެ 15 މުވައްޒަފުންތަކެއް މަގާމުން ވަކި ކޮށްފިއެވެ.
މި މުވައްޒަފުންތަކުގެ ތެރޭގައި "ވަގު ގޯތީގެ" މައްސަލާގައި މިހާރުވެސް ސަސްޕެންޑު ކޮށްފައިވާ ކުންފުނީގެ އިސް މުވައްޒަފުން ވެސް ހިމެނެއެވެ.
އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކުރި އިސް މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އައިޓީ ކޮންސަލްޓެންޓް ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަންއެވެ.
"ހަތާވީސް" އަށް ކަށަވަރުވެފައިވާ ގޮތުގައި މަގާމުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ފާއިދާއި ޔާމީން ހިމެނެއެވެ.
ހަމަ މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވާ އެހެން ހުރިހާ މެންބަރުން ވެސް ވަނޫ ސަސްޕެންޑު ކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ކުރަމުން ގެންދިޔަ ހުރިހާ ތުހުމަތަކަށް ފަޒުލް އިންކާރު ކުރެއްވިއެވެ.
އެޗްޑީސީގެ އައު އެމްޑީ އަކަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު މައުރޫފް ޖަމީލެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު