އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކުރީގެ މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރެއްވި މަޝްހޫރު އާކިޓެކްޓް މައުރޫފް ޖަމީލު އެ މަގާމަށް އައްޔަން ކުރެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރައިޓޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މައުރޫފް ޖަމީލު އައްޔަންކޮށްފައި މި ވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ދޫކުރަން އުޅުނު މައްސަލައެއް ފެންމަތިވެ، އެޗްޑީސީ ބޯޑުގެ ޗެއާމަން ފިޔަވައި، ހުރިހާ މެމްބަރުން ސަސްޕެންޑްކޮށްފައިވަނިކޮށެވެ.
ސަސްޕެންޝަންގައި ހުންނަވަނިކޮށް، ފަޒުލް ވަނީ ރޭ އިސްތިއުފާ ދެއްވާފައެވެ.
ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
ފަޒުލްގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯއްޗެއް ހޯދުމަށް ފޯޖުކޮށްފައިވާ ލިޔުންތަކެއް އެޗްޑީސީއަށް ހުށަހަޅައި، ގޯއްޗެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެއް ގޯއްޗަކަށް އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވުމުން، އެޗްޑީސީން ވަނީ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ފޯޖުކޮށްފައިވާ އެ ލިޔުންތަކާ ގުޅޭ މައްސަލަ މިއަހަރުގެ ޖޫން މަހު އެޗްޑީސީއަށް ފާހަގަވި ކަމަށް ފަޒުލް ވިދާޅުވިއިރު، އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައެއް ވެސް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ