ހުޅުމާލޭގެ ބިން ހިއްކި ދުވަހުން ފެށިގެން، އެތަނުގެ ބިމުން ހުރިހާ ސަރުކާރަކުން ވެސް ވައްކަން ކޮށްފައި އެބަހުރި ކަމަށް ކުރީގެ ރައީސް ޔާމީން ތުހުމަތު ކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި ފެން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯއްޗެއް ލިބިފައިވާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ރޭ ޔާމީންގެ ޕާޓީ ޕީއެންއެފް އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހުޅުމާލެ ބިމުން ވައްކަން ކުރަމުން ދިޔައީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ. އެކަމަކީ ހުޅުމާލެ ބިން ހިއްކި ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ރައީސް ޔާމީން ސަރުކާރުގައި ހިނގާފައި ހުރި ކަންތައް ބަލަންވީ. ސޯލިހު ސަރުކާރުގައި ހިނގާފައި ހުރި ކަންތައް ބަލަންވީ. މިހާރު މި ހިނގާ ކަންތައް ބަލަންވީ. މި ނޫން ގޮތަކަށް މި ކަމެއް ހައްލެއް ނުވާނެ،" ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން "ރައީސް ޔާމީން"ގެ ނަން ބޭނުން ކުރައްވައިގެން ބައެއް ފަރާތްތަކަށް ބިން ވިއްކާފައި އެބަހުރި ކަމަށެވެ.
"ޕާޓީގެ އިސް މީހުން، ޕާޓީގެ ނަން ހިނގާ އިސް ލީޑަރުންގެ މީހުން އެބަ ހުރި އަޅުގަނޑުގެ ނަން ބޭނުންކޮށްގެން ވިޔަފާރިވެރިންނަށް ބޮޑު ބިން ދީފައި،" ޔާމީން ވިދާޅުވިއެވެ.
މިފަދައިން ވަގަށް ބިން ވިއްކުމުގެ މައްސަލަތައް ފެންމަތިވުމުން ހަމައެކަނި ކުރީ ސަރުކާރުގެ ވާހަކަ ދައްކާލައިގެން ފަރު ނުޖެއްސޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ހުޅުމާލެ އިން ވަގަށް ގޯތި ދިން މައްސަލާގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގެ 10 މެންބަރުން ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި ވަގަށް ގޯތި ލިބުނު ފަޒީލް ވެސް ވަނީ ފެން ކުންފުނީގެ ޑީއެމްޑީގެ މަގާމުން ސަސްޕެންޑު ކުރައްވައިފައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ