ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން "ބިންވެރިޔާ ސްކީމު" ގެ ތެރެއިން އުސޫލުން ބޭރުން އެއްވެސް މީހަކަށް އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާނެ ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ރޭ އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޝަރީފް ވިދާޅުވީ އެ މައްސަލާގައި ބައެއް ފަރާތްތަކާއެކު ސުވާލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރި އެއް ފަރާތުން ދެއްކި ވާހަކަތައް ވެސް ކޮންމެވެސް ވަރަކަށް ޝަރީފް ނޫސްވެރިންނާއި ހިއްސާ ކުރެއްވިއެވެ.
އެގޮތުން އެމީހާ އަކީ ކުރީ ސަރުކާރުން އިއުލާންކުރި ބިންވެރިޔާ ސްކީމުން ގޯތި ހޯދުމަށް އެދުނު ފަރާތެއް ކަމަށާއި އަދި ގޯއްޗަށް ޝަރުތު ހަމަ ނުވާތީ، އެކަމުގައި ޝަކުވާ ވެސް ހުށަހެޅި ކަމަށް ތަހުގީގުގައި އޭނާއާ ސުވާލުކުރުމުން ބުނި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމީހާ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިޔަކާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށް ތަހުގީގުގައި ކިޔައި ދީފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ތަހުގީގަށް އެ ވާހަކަތައް ކިޔައި ދިނީ މި މައްސަލާގައި ހިމެނޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ކަމަށެވެ. އަދި ފަޒީލް ބައްދަލުކުރެއްވި އޭރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިޔަކީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަކްރަމް އަށް ކުރެވުނު އެ ތުހުމަތުތައް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވަނީ ދޮގު ކުރައްވައިފައެވެ. އަދި އެކަމުގެ ތަފްސީލު އިތުރަށް ހިއްސާ ކުރެއްވުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ،" އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ކަމެއް ސިސްޓަމްގެ ތެރެއިން ކުރެވެން ވެސް ނޯންނާނެ ކަމަށެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
ކާކުތޯ ބުނާނީ ވައްކަންކޮއްފާ ތިމަންނައޭ ބޯގޯސް
ޔާމިން