އިންޑިއާގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އޭޝިއާ ހެލްތުކެއަރ ހޯލްޑިންގްސްގައި ސިންގަޕޫރުގެ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ޖީ.އައި.ސީ އިން އަނެއްކާވެސް އިންވެސްޓްކޮށްފިއެވެ.
ސިންގަޕޫރުގެ ސޮވަރިންގ ވެލްތު ފަންޑުގެ ބައެއްގެ ގޮތުގައި ހިމެނޭ ޖީ.އައި.ސީ އިން ކުރިންވެސް އޭޝިއާ ހެލްތުކެއަރގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު 170 މިލިއަން ޑޮލަރު އިންވެސްޓްކުރިއެވެ. އިތުރު 150 މިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން ޖީ.އައި.ސީ އިންނާއި އޭޝިއާ ހެލްތުކެއަރއިން އިއުލާނުކުރީ އިއްޔެއެވެ.
ޖީ.އައި.ސީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ ޗޫ ޔޮންގް ޗީން ވިދާޅުވީ އިންޑިއާގެ ސްޕެޝަލީ ހޮސްޕިޓަލްތަކުގެ އިންޑަސްޓްރީއާމެދު އިތުބާރު އެބަ އޮތް ކަމަށާއި، އެއީ ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ހުރި ދާއިރާއެއް ކަމަށެވެ. އަދި ޖީ.އައި.ސީ ފަދަ ދުރުރާސްތާ އިންވެސްޓްމަންޓް ފަލްސަފާއެއް ގެންގުޅޭ ކުންފުންޏަކަށް އެއީ މުހިއްމު މާކެޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭޝިއާ ހެލްތުކުއަރ އިން ގެންދަނީ އިންޑިއާގައި އަންހެނުންގެ ޚާއްސަ ހޮސްޕިޓަލްތަކާއި، ކެންސަރުގެ ޚާއްސަ ހޮސްޕިޓަލްތައްފަދަ، ޚާއްސަ ދާއިރާތަކުގެ ހޮސްޕިޓަލްތަކަށް އިންވެސްޓްކުރަމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ