ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން، އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި، އެ ބޯޑުގައި ހިމެނޭ 10 މެމްބަރުން ސަސްޕެންޑްކޮށްފިއެވެ.
އެޗްޑީސީ ބޯޑުން ސަސްޕެންޑްކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ބޯޑުގެ އަނެއް ނުވަ މެމްބަރުންނެވެ.
ސަސްޕެންޑްކުރި ބޯޑު މެމްބަރުން:
- މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ
- އަޒްހަރު އަބްދު ސައީދު
- އިބްރާހިމް ޔޫސުފްފުޅު
- މުހައްމަދު ވިޝާމް
- އުލާ މުހައްމަދު ރަޝީދު
- އާރިފް އަބްދުލް ސަމަދު
- މުހައްމަދު ނާޖިލު
- މުހައްމަދު ވަހީދު
- ފާތިމަތު މިޒްނާ އަލީ
- ޔޫސުފް ވަހީދު
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ބޯޑު މެމްބަރުން ސަސްޕެންޑް ކުރީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް ކަމަށެވެ.
"މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވަމެވެ،" ހީނާ "އެކްސް"ގައި ވިދާޅުވިއެވެ.
އާންމުވެފައިވާ އެޗްޑީސީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ހޯދަން އުޅެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ އެއްބަސްވުންތައް ފޯޖުކޮށްގެންނެވެ. އަދި އެ ގޯތިތައް ދޫކުރުމަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް އެދި ހުށަހެޅުމުން އެޗްޑީސީން އެދުނު ފަރާތްތަކަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތެއް ނޫންކަން އެނގިފައިވެއެވެ.
އެޗްޑީސީން ގޯތި ދޭން މަސައްކަތްކޮށްފައި ވަނީ ފަޒުލްގެ އެއްބަނޑުއެއްބަފާ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި