ބިންވެރިޔާ ސްކީމުގެ ބޭރުން ހުޅުމާލެ އިން "ވަގަށް" އެޗްޑީސީން ގޯތިތަކެއް ދޫކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި ވަނީ އެދިފަ އެވެ.. ނަމަވެސް އެއީ އެ ސްކީމުގައި ހިމެނޭ ގޯތިތަކެއް ނޫން ކަން ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އާންމުވެފައިވާ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކެއް ނޫނެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެ މައްސަލަ ފުލުހުން ބަލަން ވަނީ ފަށައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
މިހިސާބަށްމިކަންކަންދިޔާމައި ވެރިންލަދހުފޮރުވަން މަޖުބޫރުވޭ އެހިސާބުންއެޖެހުނީ ފަޒުލުވަކިކުރަން
އިއްބެއަނބިމީހާޔަށްގޯއްޗެއްދީފި ބޭބެއަށްގޮއްޗެއްދީފި އަދިވެސް އެކަލޭގެ އެތނުންވަކިކުރާކަށް ޑރމުއިއްޒަކަށްއެނގިވަޑައެއްނުގަންނަވައިތަ
އިއްބެ