ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރި ދުވަހުން ފެށިގެން މިމަހުގެ 17ވަނަ ދުވަހާއި ހަމައަށް ހަތަރު ފަރާތެއް ޖޫރިމަނާކޮށްފިއެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ވަނީ މަނާ ކޮށްފައެވެ. ފުލުހުން ބުނީ މިމަހުގެ 17ވަނަ ދުވަހާއި ހަމައަށް ހަތަރު މީހަކު ވޭޕް ބޭނުން ކޮށްގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާނީ 5،000 ރުފިޔާ އިންނެވެ. އެހެންކަމުން މިހާތަނަށް ވޭޕް ޖޫރިމަނާގެ ގޮތުގައި 20،000 ރުފިޔާގެ ޖޫރިމަނާ ވަނީ ކޮށްފައެވެ.
ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވުމުން، އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެއެވެ.
އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ