ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހިމެނޭ ޓީޗަރު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ މ، ފ، ދ، ތ، ލ. އަތޮޅު ހިމެނޭ ޒޯޏުގައި ހިމެނޭ ރަށެއްގެ ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އޮކްޓޫބަރު 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ދިން ކަމަށް ފުލުހުން މިއަދު ބުންޏެވެ. ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 30 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. ނަމަވެސް ކޯޓުން އޭނާއަށް ކޮށްފައިވާ ކޮން ޝަރުތުތަކެއް ކަމެއް ނޭނގެއެވެ.
އެ މައްސަލާގައި ހިމެނޭ ޓީޗަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ.
ގިރާވަރުފަޅުގެ ބިން ތިން ހަފްތާގެ ތެރޭގައި ހިއްކާ ނިންމަނީ
ކަސްޓަމްސް އަށް 48 މުވައްޒަފުން ހޯދަން އިއުލާންކޮށްފި
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް