މިމަހުގެ 11ވަނަ ދުވަހު ހުޅުމާލެއިން ސިނަމާލެ ބްރިޖަށް އަރާ ހައިވޭ ކައިރީގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުން ހައްޔަރުކުރި ޑްރައިވަރުންގެ ތެރެއިން ދެ ޑްރައިވަރުން ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
އެ އިހުތިޖާޖުން ޖުމްލަ ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ މއ. ވިރާހް / މުހައްމަދު ޝާމުން، އުމުރުން 39 އަހަރާއި ސަންރޭ، ލ. ދަނބިދޫ / އަހްމަދު ޝަބީން، އުމުރުން 33 އަހަރުގެ އިތުރުން ހޮލިޑޭވިލެޖް، ހދ. ކުމުންދޫ / ނުއުމާން އަހްމަދު، އުމުރުން 36 އަހަރެވެ.
މީގެތެރެއިން ނުއުމާން ވަނީ ޝަރުތުތަކަކާއެކު މީގެކުރިން ދޫކޮށްލައިފައެވެ. ޝާމިން އާއި ޝަބީންގެ ބަންދަށް ފަސް ދުވަސް ދިނެވެ. އެ ދެ މީހުން ވެސް މިއަދު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލައިފައެވެ.
އިހުތިޖާޖު ބޭއްވިތާ ތިން ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި، ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
އެމީހުން ހައްޔަރުކުރީ އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމުން ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.
އެ އިހުތިޖާޖުގައި ފުލުހުން ވަނީ 22 ޓެކްސީއެއް ޓޯކޮށްފައެވެ. އެއީ ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި ޓެކްސީތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް