މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ ގްރީން ބިލްޑިންގުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ އެކަން ހިއްސާ ކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި ފުލުހުން އާއްމު ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ އެ ހާދިސާގެ ތަހުގީގަށް ބޭނުން ކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކޮށް ދޭން އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާކުރަން ގުޅަން ޖެހެނީ 9911099 އަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދުމަށް ވެސް ފުލުހުން ވަނީ ނިންމައިފައެވެ. މިމަހުގެ 14ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމުގައި ބޭރުގެ ޓީމެއްގެ އެހީތެރިކަން ފުލުހުން ހޯދާނެ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބޭރުގެ ޓީމު ދިވެހި ފުލުހުންގެ ތަހުގީގު ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ސަލާމަތީ ބާރުތަކުގެ ވެރިން ހާޒިރު ކުރުމަށް ވެސް މިހާރު ވަނީ ނިންމައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް