ދެ މޫސުން ބެދޭ ދުވަސްވަރު ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރާއި ދިމާކޮށް ރާއްޖެ ކައިރީގައި ދެ ކޮޅިގަނޑު އުފެދެމުން ދާތީ އަންނަ ބުދަ ދުވަހުން ފެށިގެން، ކުރިޔަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.
މެޓު އޮފީހުން މިއަދު ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މި ދުވަސްވަރުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
މެޓުން ބުނީ ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބުނީ މި ހަފުތާގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށެވެ.
މެޓުން ބުނީ މި ދެ ކޮޅިގަނޑާ ގުޅިގެން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ދުވަސްވަރު އާންމު ގޮތެއްގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މެލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަދިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
މި ދުވަސްވަރު އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.
މެޓުން ލަފާ ކުރާ ގޮތުގައި މި ދުވަސްވަރު ގަދަވަޔާ އެކު، ވިއްސާރަކޮށް، ގުގުރުމާ އެކު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40-50 މޭލަށް ވައިގަދަވާނެއެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް