ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެއްގެ އެންމެ އިސްވެރިއަކަށް ފުރަތަމަ ފަހަރު، އަންހެން ކަނބަލަކު ހަމަޖައްސައިފިއެވެ.
އެގޮތުން ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމްގެ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ވަނީ ފާތިމަތު އާޝާން ހަމަޖައްސައިފައެވެ. މިއީ އެސްޓީއޯ ގްރޫޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެއްގެ އިސްވެރިއަކަށް އަންހެން ކަނބަލަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން ބުނީ މިއަދު އާޝާން އެފްއެސްއެމްގެ އެމްޑީކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވި ލިޔުމުގައި ސޮއި ކުރެއްވުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް އެސްޓީއޯގައި ބޭއްވިއިރު އެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަންހެން ކަނބަލުން އައްޔަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވީ އިސްމާއީލް ސުހައިލްއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މަގާމާއި ހަވާލުވެލެއްވި ސުހައިލް ވަނީ މިދިޔަ މަސް ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވަވައިފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަރަށް ރަނގަޅު. ރަނގަޅުނިންމުމެއް ކަމުގައި ދެކެން. ތެޔޮ ބޯޓު ފަހަރުންނާއި ޓާރމިނަލްތަކުން ކުރާ ވައްކަން ހުއްޓުވާތި. ބޯޓުތަކުގައި އުޅޭ މީހުން އެކަންކުރަނީ ގުޅިފައި އޮތް ބޮޑު ވިއުގައަކުން. ކޮންމެ މީހަކު ލައްކައަށްވުރެ ގިނައިން މަހަކުނަގާ.
ދީބު