މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީތަކުން ކުރަމުންދިޔަ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށްފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއެކު، އަލިފާނުގެ އަސަރުކުރި ތިން ވުޒާރާ ގެ މަސައްކަތްތައް ސަރުކާރުގެ ގިނަ އެސްއޯއީތަކާއި، ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކާއި އަދި ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުމާއެކީ ދަރުބާރުގެއަށް ބަދަލުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، މާދަމާއިން ފެށިގެން އެ ތިން ވުޒާރާއިން ވެސް ދެމުންދިޔަ މުހިއްމު ހިދުމަތްތަތް ދޭން ފެށޭނެ ވާހަކަވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިކަމާއިގުޅިގެން މި މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންދާ ހުރިހާ ފަރާތްތަކަށް މިނިސްޓަރވަނީ ޝުކުރުއަދާކުރައްވާއެވެ.
އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ އަމީނީ މަގުގައި ހުންނަ ހައުސިން މިނިސްޓްރީ އިމާރާތުގައެވެ. އެ އިމާރާތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނަ އިމާރާތެވެ. އަލިފާންގަނޑު ބޯވެ ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް އަލިފާނުގެ އަސަރު ފޯރާ އެ އިމާރާތް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ