ޓެކްސީ ޑްރައިވަރުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން، ޓެކްސީ ޑްރައިވަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ ޑްރައިވަރސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީކަން ވެސް ކުރައްވާ މއ. ނަހީދީމަންޒިލް، މިސްބާހް ޝަރީފް، 31އ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ބުދަ ދުވަހުގެ ރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުދަތުރުފަތުރަށް ހުރަސް އަޅައި، މަގު ބްލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން ކަމަށެވެ.
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ހައިވޭއަށް އަރަން އޮންނަ މަގު ޓެކްސީ ޑްރައިވަރުން ވަނީ ބްލޮކްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ އުޅަނދުތަކަށް މާލެއަށް ނުދެވި ހުޅުމާލޭގައި ތާށިވިއެވެ.
މުޒާހަރާއާ ގުޅިގެން 21 ޓެކްސީ ޓޯވްކޮށް، ދެ ޑްރައިވަރަކު މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނުކުތީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދޭން އުޅޭތީ، އެ މީހުންގެ އާމްދަނީއަށް އެކަމުގެ ސަބަބުން ބޮޑު އަސަރެއް ކުރާނެތީއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ