މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ" ނަމަކަށް ކިޔާ ކެފޭއަކަށް ވަދެ، ބަޔަކު ގެއްލުން ދީފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ތިން މީހުންގެ ގްރޫޕަކުން އައިސް އެ ކެފޭއަށް ވަދެ، ވަނީ ގެއްލުން ދީފައެވެ. އެގޮތުން އެ ކެފޭގައި ޑެކަރޭޓް ކުރުމަށް އެލުވާފައިވާ ބައެއް ތަކެތި ވެސް ވަނީ ނަގައިފައެވެ.
އެތަކެތި ނަގަމުން މިއީ ރާއްޖެ ކަމަށާއި ރާއްޖޭގައި މިފަދަ ކަންކަން ނުކުރެވޭނެ ކަމަށް އެ ކެފޭއަށް ގެއްލުން ދިނުމުގައި އުޅުނު މީހަކު ބުންޏެވެ. އަދި ވީޑިއޯ ކުރުމުން ވީޑިއޯ ޑިލީޓު ކުރުމަށް ވެސް ވަނީ އިންޒާރު ދީފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކެފޭއަށް ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ