ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރަމުންދާ އިހްތިޖާޖުގައި ބައިވެރިވާ ޓެކްސީތައް ހުޅުލެ ހައިވޭއަށް އަރާ ސަރަހައްދުގައި މަޑުކުރުމާ އެކު، ހުޅުމާލެއިން މާލެއަށް ދިއުމަށް ހުރަސްތަކަކާ ކުރިމަތިވެއްޖެއެވެ.
ޓެކްސީތައް އެ ސަރަހައްދަށް ޖަމާވުމާ އެކު، ހަތަރު ސައިކަލްތައް ވެސް މާލެއަށް ދިއުމަށް ހުރަސް އެޅުނެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާ އެކު، ސައިލުތަކަށް މާލެ ދެވޭ ގޮތްވި ނަމަވެސް، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލެ ދެވޭ ގޮތެއް ނުވެއެވެ.
ޓެކްސީ އިހްތިޖާޖު ހުއްޓާލީ އާންމު ދަތުރުފަތުރަށް އުނދަވޫވާތީ، ފުލުހުންގެ ޓީމެއް ގޮސް ޓެކްސީތަކެއް ޓޯވް ކުރުމުންނެވެ.
ޓެކްސީ ޑްރައިވަރުންގެ ޑިމާންޑަކީ އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއެހުމެވެ. އަދި އެ ބޭފުޅުންނާ ބައްދަލުކޮށް، ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ސިޔާސަތުތައް އެކަށައެޅުމެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ