ހެލްތު މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނުނަގާ ފަޒީލާ އުސްމާން ހިންގަމުން ދިޔަ "ފަޒީސް ހިޖާމާ" ބަންދު ކުރި މައްސަލާގައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ވަނީ މި މައްސަލާގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެތަން ހިންގުމުގެ ލައިސަންސް ލިބެންދެން ކްލިނިކުން ދެމުން އަންނަ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކްލިނިކު ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ އިޝްތިހާރުތައް ވެސް ނެގުމަށް އެންގިއެވެ. އެގޮތަށް އެންގީ އެ އިޝްތިހާރުތައް ވެސް ޖެހޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާތީއެވެ.
ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި ހުއްދަ ނުހޯދާ ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެދިފައިވާތީ ފުލުހުން މެދުވެރިކޮށް އެތަން ބަންދުކުރިއެވެ.
ފަޒީލާ މިހާރު ވަނީ އެ މައްސަލަ ކޯޓަށް މިދިޔަ ހޯމަ ދުވަހު ހުށަހަޅައިފައެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި ފަޒީލާ ވަނީ އޭނާ ދެމުން އަންނަ ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްޓުވާލުމުގައި ހެލްތު މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އަދި އެ ހިދުމަތަކީ ހުއްދަ ނަގައިގެން ހިންގަން ޖެހޭ ހިދުމަތެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެއެވެ.
ނަމަވެސް އެ ހިދުމަތަކީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ހުއްދަ ހެލްތު މިނިސްޓްރީން ނުދީ ހިފެހެއްޓީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް