ދުބާއީ އަދި ބެންކޮކްގެ ތިން ހޮސްޕިޓަލަކާއެކު އާސަންދަ ކުންފުނިން ސޮއިކޮށްފިއެވެ.
އާސަންދަ ކުންފުނީގެ ފަރާތުން މިއަދު ވަނީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ އެވެ.
އާސަންދަ އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލުގެ ތެރެއިން އެ ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށެވެ.
މިއީ މިދިޔަ ޖެނުއަރީ މަހު ޗައިނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އިއުލާން ކުރެއްވި ކަމެކެވެ. އެމަނިކުފާނު އެދުވަހު ވިދާޅުވީ އާސަންދައިގެ ދަށުން ހިދުމަތް ހޯދުން ވަކި ދިމާލަކަށް އޮތް އޮތުން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން ދުބާއީ އަދި ތައިލޭންޑު ފަދަ ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި