ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަސްލު ސިފަ ފެންނާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއު"ގެ ނަމުގައި މިހާރު ކުރިޔަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވަނީ ދާދިފަހުން ގާނޫނު އަސާސީ އަށް ގެނައި އިސްލާހާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ވިދާޅުވީ އެ އިސްލާހާއެކު ރައްޔިތުންގެ ބާރު ސަރުކާރުން ކަނޑުވާލާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ނިންމުމަށް ސުޕްރީމް ކޯޓުން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ކުރިން މި ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރާނެ ކަމަށާއި ސަރުކާރުގެ އަސްލު ސިފަ ފެންނާނީ އޭރުން ކަމަށެވެ.
އެމްޑީޕީން ޖަލްސާ ބާއްވަން ބޭނުންވި މަގުސަދު، ޖަލްސާ ފެށުމުގެ ކުރިން ހާސިލް ވާން ފަށާފައިވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ކާނިވާ ސަރަހައްދަށް އެއްވެފައި ތިބި ރައްޔިތުން ތިބީ، ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން އުނދަގޫތަކެއް އަދި އެތައް ދަތިތަކެއް ކުރިމަތިވާތީ ކަމަށް ސޯލިހް ވިދާޅުވިއެވެ.
"ކުރިޔަށް އޮތީ ބަނަ ދުވަސްތަކެއް، ނާމާން ދުވަސްތަކެއް. މިހާރުން މިހާރަށް މަސައްކަތްތަކެއް ނުކޮށްފި ނަމަ އަނިޔާވެރި ދުވަސްތަކަކާއި އަޅުގަނޑުމެން ކުރިމަތިލާން ޖެހިދާނެ. މިއަދުވެސް އޭގެ އެތައް ކަމެއް އަޅުގަނޑުމެން މިދަނީ ތަހައްމަލު ކުރަމުން،" ސޯލިހު ވިދާޅުވިއެވެ.
ސޯލިހުގެ ވާހަކަފުޅުގައި މީގެ އެތަކެއް އަހަރު ކުރިން، ދިވެހިން ހޯދި އެތައް ހައްގުތަކެއް މިއަދުގެ ސަރުކާރުން، ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ