ދުވަސްތަކަކަށްފަހު އަނެއްކާވެސް ކްރޫޒް ލައިނާއެއް މާލޭގައި ބަނދަރުކޮށްފިއެވެ. މިއީ ފަތުރުވެރިކަމުގެ ސީޒަނުގައި ރާއްޖެ އައި ފުރަތަމަ ބޯޓެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާލޭގައި ބަނދަރު ކޮށްފައި ވަނީ އިޓަލީގެ ކްރޫޒްލައިނާއެއް ކަމަށެވެ. މި ކުރޫޒުލައިނާގެ ރާއްޖެއަށް އައިފައިވަނީ އޮމާންގެ މަސްކަޓުން ފުރައިގެން މިމަހުގެ 8 ވަނަ ދުވަހުއެވެ.
މާޔާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކްރޫޒް ލައިނާ އިން 2140 ޕަސިންޖަރުން އައިސްފައިވެއެވެ. އަދި ކްރޫންގެ ގޮތުގައި 639 ކްރޫން ހަރަކާތްތެރިވެއެވެ.
މި ކްރޫޒް ލައިނާ އިން ފައިބާ ފަތުރުވެރިން މާލެ ކައިރި ރަށްތަކަށް ޒިޔާރަތް ކުރުމާއި އަދި މާލެތެރެ ބަލާލުން ފަދަ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް މާޔާ އިން ބުނެއެވެ.
ދުވަސްތަކަކަށްފަހު ކްރޫޒް ލައިނާއެއް މާލެއަށް ބަނދަރު ކޮށްފައި މިވަނީ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކުގައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް