ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ އިސްވެރިންނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް އެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ އެސްޓީއޯގެ އެމްޑީ ޝިމާދު އަދި އެކުންފުނީގެ ބައެއް އެހެން އިސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.
އެ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރޯދަމަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދިޔަ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ލިބޭނެ އިންތިޒާމުތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ. ސަރުކާރުން މިހާރު ވަނީ އަންނަ ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ