ޓޫރިސްޓު ވިސާގައި ރާއްޖެ އަށް އައިސް މާލެ ތެރޭގައި ވިޔަފާރި ކުރަމުން ދިޔަ ޗައިނާ ފަތުރުވެރިޔަކު ހިފަހައްޓައިފިއެވެ.
އެމީހާ އިމިގްރޭޝަނުން ހިފަހައްޓާފައި ވަނީ އެ އިދާރާ އަށް އެމީހާއާ ގުޅޭ ގޮތުން ލިބުނު ޝަކުވާއަކާއި ގުޅިގެންނެވެ. އެމީހާ އަންނަނީ މާލޭގައި ވިޔަފާރި ކުރަމުންނެވެ. އަދި އާއްމު ތަންތަނުގައި އެމީހާ އަންނަނީ ނިދަމުންނެވެ.
ކުއިޕިން ފެންގު ނަމަކަށް ކިޔާ 33 އަހަރުގެ އަންހެން މީހާގެ ފޮޓޯ އިމިގްރޭޝަނުން އާއްމު ކޮށްފައިވާއިރު އެމީހާ ވިޔަފާރި ކުރަން ހުއްޓާ ހުރި ފޮޓޯއެއް ވެސް ވަނީ އާއްމު ކޮށްފައެވެ.
އެމީހާ ވިއްކަމުން ދިޔައީ ތަޅުދަނޑި ފޫތަކެކެވެ. ވިސާއާ ހިލާފުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ