ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުން ނިކުމެގެންދިޔަ މައްސަލާގައި ތިން ދުވަހަށް ޖަލަށްލި އަންހެން މީހާއަށް އެ ކޯޓުން މައާފް ދީފި އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އަންހެނަކު ތިން ދުވަހަށް މީހާ ޖަލަށްލާން ފެމިލީ ކޯޓުން ހުކުމްކުރީ ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަަވަޅު އެޅޭނެކަން ވެސް އަންގާފައި ވަނިކޮށް ހުއްދަ ނެތި ކޯޓުން ނިކުމެގެން ދިއުމުންނެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު ފެމިލީ ކޯޓުން އޭނާއަށް މައާފް ދިނީ އެ މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް އެ މީހާ ފަހުން އިއުތިރާފުވެ، އެކަމަށް ވަނީ މާފަށް އެދުމުންނެވެ.
ފެމިލީ ކޯޓުން ކުރި ހުކުމްގައި ބުނީ ކޯޓުގެ ހުރުމަތް ކެނޑުމުން އަޅާ ފިޔަވަޅެއް މައާފް ކުރެވޭނެ ގޮތެއް ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ނަމަވެސް މައާފްކުރަން ހުރަހެއް ނެތުމުން އެ މީހާގެ ޖަލު ހުކުމް ތަންފީޒު ނުކޮށް، ދޫކޮށްލަން ނިންމާފައިވާ ކަަމަށް ހުކުމުގައިވެ އެވެ.
އެ މީހާއަށް މައާފް ދިނީ އޭނާ ޖަލަށްލާން ހުކުމްކުރި ގާޒީ މައީޝާ ޔޫސުފް ސަމީރެވެ.
ކޯޓުގެ ހުރުމަތް ކަނޑާލުމަކީ ވަގުތުން އަދަބު ދެވޭ ކުށެކެވެ. އެ ބާވަތުގެ މައްސަލައެއްގައި މީގެކުރިން އަދަބު މައާފް ކޮށްފައެއް ނުވެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ