އާޓްފިޝަލް ބީޗުގައި މިއަދު ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ޝައްމާން ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ.
"އަދި މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވަން،" ޝައްމާން ވިދާޅުވިއެވެ.
ފުލުހުން މިރޭ ބުނީ މިއަދުގެ އިރުއޮއްސި 18:22 ހާއިރު އާޓްފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީއެއް ހިނގި މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ