ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތަށް 18 މިލިއަން ޑޮލަރު ނުވަތަ 278 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ތެރެއިން، ކޮންމެ ޓަވަރެއްގައި މިހާރު ހުރި ވަރަށްވުރެ އިތުރު ދެ ލިފްޓު ބަހައްޓަން ޖެހޭ ކަމަށެވެ.
އެ ފްލެޓުގައި ޖުމްލަ 32 ލިފްޓު ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގާތްގަނޑަކަށް 14 މީހުންނަށް އެއްފަހަރާ އެރޭވަރުގެ ލިފްޓުތަކެކެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލޓޑ އަށެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ 100 މިލިއަނަށް ކުޑަ ކޮށްފައެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިމޭއިރު ބަލި މީހުންނަށް ސްޓްރެޗާ އެރުވޭ ލިފްޓު ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ