ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެޔޮޅުންނާއި ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ރައީސާއި ހިއްސާ ކުރައްވައިފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ހަމައެއާއެކު، މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ކެޔޮޅުން ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކެޔޮޅުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ވެސް ކެޔޮޅުން ރައީސާއި ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާއި ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތިން މީހަކު ހައްޔަރުކޮށް، ދެ ދޯނި ހިފަހައްޓައިފިން: ފުލުހުން
މަސްވެރިންގެ އިހްތިޖާޖުގެ ތެރެއިން މެމްބަރު މައުރޫފް ހައްޔަރުކޮށްފި
ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް ހުށަހަޅަނީ
އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުން
40 ވުރެ ގިނަ މަސްދޯނި ރައީސް އޮފީހާ ދިމާލުގައި އިހްތިޖާޖު ކުރަނީ
މަސްވެރިކަން ކުރިއެރުވުމަށް މަޝްރޫއުތައް ނިންމަންޖެހޭ: އިބޫ