ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ކެލާގައި އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އެ އޮޕަރޭޝަން ފަށާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ހާއްސަ ޓީމެއް ކެލާ އަށް ގޮސް އެ އޮޕަރޭޝަން ހިންގާފައިވާއިރު ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކޮށްފައިވެއެވެ.
އަދި ސިހުރު ހަދަން ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ސިހުރު ހަދާ ކަމުގެ ތުހުމަތު ކުރެވޭ ހަ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެނައުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ކެލާ އިން ވާހަކަދެއްކި މީހަކު "ހަތާވީސް" އަށް ކިޔައިދިން ގޮތުގައި އެރަށުގައި ސިހުރު ހަދާ މީހުންގެ އުނދަގޫ ވަރަށް ބޮޑުވެފައެވެ. އެކަމުގެ ތަހައްމަލު އެތައް އާއިލާއަކުން މިއަދު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ