މިދިޔަ މަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުން 1.1 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ބުނީ މިދިޔަ މަހުކުރި ވިއްސާރާގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެރަށްތަކުން ޖުމްލަ 110 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މި ހާދިސާތަކާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު، 1.1 މިލިއަން ރުފިޔާ އަށްވުރެ މަތިވާނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޅ. ކުރެންދޫ އަށެވެ. އެރަށުގެ 97 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ވިއްސާރާގައި ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރެވި، އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ