އިތުރު ފަސް އަހަރު ދުވަހުގެ މުއްދަތަށް ރައްޔިތުން މަޖިލީހުގެ އިސް ތިން މަގާމުގައި ތިއްބެވި ބޭފުޅުން މަގާމާއި ހަވާލުވެވަޑައިގެންފިއެވެ.
އެ ތިން މަގާމަކީ މަޖިލީހުގެ އަމީން އާއްމުގެ މަގާމާއި މަޖިލީހުގެ ކައުންސެލަރު ޖެނެރަލްގެ އިތުރުން ސާޖެންޓް އެޓް އާމްސްގެ މަގާމެވެ. މިދިޔަ މަހުގެ 25ވަނަ ދުވަހު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން އެ މަގާމުތަކުގައި ކުރިޔަށް އޮތް ފަސް އަހަރު ބެހެއްޓުމަށް ވޯޓު ނެގިއެވެ.
އެގޮތުން މަޖިލީހުގެ އަމީން އާއްމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާ އާއި ކައުންސެލަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ފިލްޒާގެ އިތުރުން ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި ތޮލްހަތު ހަސަން އެ މަގާމުގައި ކުރިޔަށް އޮތް ފަސް އަހަރަށް ބެހެއްޓުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދު މި ތިން ބޭފުޅުން ވެސް ވަނީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް މަގާމާއި ހަވާލުވެވަޑައިގެންފައެވެ. މަގާމުގެ ހުވާ ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ކުރިފުޅުމަތީގައެވެ. އަދި އެއަށްފަހު މަގާމުގެ ލިޔުމުގައި ވަނީ ސޮއި ކުރައްވައިފައެވެ.
އަމީން އާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލިހުގެ ރައީސް އާންމުކޮށް ހުޅުވާލަން ވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވެއެވެ.
ނަމަވެސް 19ވަނަ މަޖިލީހުގައި ވެސް އަދި މިހާރު މި ހިނގާ 20ވަނަ މަޖިލީހުން ވެސް މި މަގާމުތަކަށް ބޭފުޅުން އައްޔަންކުރީ އިއުލާނު ކުރުމެއް ނެތިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި