އާއްމު ސިއްހަތަށް ގެއްލުންވާ ގޮތަށް ބިދޭސީން އުޅެމުންދިޔަ އެކަމޮޑޭޝަން ބްލޮކްތަކެއް ބަލާ ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލާގައި ހަރަކާތްތެރިވާ ޓާސްކުފޯހުން ރޭ ކުރިޔަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީ 09 ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ 03 އަންހެނަކާއި 02 ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ބިދޭސީން ދިރިއުޅޭ އެކަމޮޑޭޝަން ބްލޮކްތައް ބަލާ ފާސްކުރަން ފެށީ މިދިޔަ މަހުގެ 9ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ބިދޭސީން ހިންގާ ކެފޭ ހޮޓާތަކާއި ޓޭކްއަވޭ ފަދަ ތަންތަން ބަލާ ފާސް ކުރުމެވެ. އަދި އެތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ.
އޭގެފަހުން ސައްހަ ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އެހެން ބައެއް ބިދޭސީން ވެސް ހޯދާ އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި