ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުންގެ ތަހުގީގު ކުރަން ފަށައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި އަދި ދެގެއަކާއި ތެޔޮއުފުލާ ދެ ބާޖު ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އެ މައްސަލަ އާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.
މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ތިކަމުކަމުގައި ވެސް ބަދުނާމްވެ ވަޒީފާ ގެއްލޭނީ ނިކަމެތި ފަޅުވެރި ސޮރު
ތިކަމުކަމުގައި ވެސް ބަދުނާމު