ފަހި ދިރިއުޅުން ކޯޕަރޭޝަނުން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ މިހާރުވެސް ލަންކާގެ ކުންފުންޏަކާއެކު 3،000 ހައުސިން ޔުނިޓުގެ ފްރޭމްވޯކްގެ މަސައްކަތަށް ސޮއި ކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު އަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ވެސް ބޭރުގެ އިތުރު ދެ ކުންފުންޏަކާއެކު 10،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
މި ހުރިހާ މަޝްރޫއުއެއް ވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ބޭރުން ލޯނު ނަގައިގެން ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިމެނޭހެން ގުޅީފަޅާއި ގިރާވަރުފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމުގެ ގޮތުން ތަރައްގީ ކުރަމުން އަންނަ ތަންތަނެވެ. އަދި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ އަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ތަނެކެވެ. އެފްޑީސީން 13،000 ހައުސިން ޔުނިޓު އަޅަނީ މިތަނުން ކޮން ރަށެއްގައި ކަމެއް ހަމްދާން ވިދާޅެއް ނުވެއެވެ.
މިހާރުވެސް އެކުންފުނިން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް