އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރު ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީސީން ވަނީ އަމުރެއް ނެރެފައެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރު ކުރާނެތޯ ސުވާލު ކުރުމުން މިނިސްޓަރު އިހްސާން ހަނު ހުންނެވި ކަމަށް ވިދާޅުވެ، ރިޕޯޓު ކޮށްފައެވެ.
އެ ހަބަރާއި ގުޅިގެން މިނިސްޓަރު އިހުސާން ވަނީ މިރޭ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. ވިދާޅުވީ ދިވެހި ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ.
އައިސީސީ އަކީ 124 މެންބަރު ގައުމުތައް ހިމެނޭ ބައިނަލްއަގުވާމީ ކޯޓެކެވެ. އެ ކޯޓަކީ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް އަދި ގައުމުތަކަށް ފިޔަވަޅު ނޭޅޭ ނުވަތަ އަޅަން ބޭނުން ނުވާ މައްސަލަތައް ބަލާ ކޯޓެކެވެ.
ނަތަންޔާހޫގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނެވެ.
ރާއްޖެ އަތުވެއްޖެ ނަމަ ނަތަންޔާހޫ ހައްޔަރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ރާއްޖޭން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ. އެކަމަކު އެ މަސައްކަތް ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ކުރިޔަށް ގެންދާ ސްޕީޑާ މެދު ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މަފެނުނަކަސް ކަލޭމެންނަށް ނޭނގޭނެ. ކަލޭމެންނަށް ވެސް އިވެނީ ނަތަންޔާހޫއޭ ކިޔާ އަޑު. މިހާރު ދިވެހި ބަހަށް ވެސް އެހައި ފަރިތަވާނެ. އެއްތަށި މަތިން ކައިގެން މިއުޅެނީ. ރާއޖެ އެރިއްޔާ ހައްޔަރެއް ވެސް ނޫން ކުރާނީ. ފޮރުވައިގެން ގެންގުޅެފާނެ ގަނޑުވަރު ތެރޭ
ނަތަންޔާހޫ