ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ބުރުޒުމަގު، ސިނަމާލެ 1 ޕާކިން ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި މިމަހުގެ 25ވަނަ ދުވަހު ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ހާލިދް މަހްމޫދު ނަމަކަށް ކިޔާ ދިވެއްސަކާއި ހަސަން ނަސީމް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ދިވެއްސެކެވެ.
ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ